ޤައުމީ އެސެސަރުންގެ ތަމްރީނަކީ ހުނަރުވެރި ޖީލެއް އުފެއްދުމުގެ މަގު: މާރިޔާ

އައިޝަތު ރުވާ ރިފްޢަތު | 94 ދުވަސް ކުރިން - 14:53
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ.
ޚުލާސާ

މި ޕްލޭނަކީ ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލާފައިވާ، ޤައުމީ އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް.

ޤައުމީ އެސެސަރުން ތަމްރީނު ވެގެންދިއުމަކީ ސަރުކާރުން ހުނަރުވެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ނޭޝަނަލް އެސެސަރ ޓްރެއިނިންގް ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ޕްލޭނަކީ ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ، ދިވެހިރާއްޖޭގައި ފަންނީ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭނެކެވެ.

ވަޒީރު ވިދާޅުވީ މި ޕްލޭނަކީ ހަމައެކަނި ލިޔުމެއް ނޫންކަމަށާއި، މިހާރު ރަޖިސްޓްރީވެފައިވާ އެސެސަރުންނަށާއި އަދި ކުރިމަގުގައި މި ޓީމާ ގުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޕްލޭނެއްކަމަށެވެ. އަދި މި ޕްލޭންގެ އަމާޒަކީ އެކި ދާއިރާތަކުން ސަނަދު ދެވޭނެ ފެންވަރު ރަނގަޅު އެސެސަރުން ހޯދައި ތަރައްޤީކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިހާރުވެސް 201 ޤައުމީ އެސެސަރުން އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓްރީވެފައިވާ ކަމަށާއި، މިއީ އެކި ދާއިރާތައް ތަމްސީލުކުރާ އަދި ޤައުމުގެ ތަޢުލީމީ ނިޒާމަށް ތަޖުރިބާއާއި ހުނަރު ގެނެސްދޭނެ ބައެއްކަމަށެވެ. އަދި އެސެސްމަންޓް އޮނިގަނޑުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި، ޓްރެއިނިންގ އޮފް ޓްރެއިނަރސްގެ ގޮތުގައި 29 މީހުން ތަމްރީނުކުރުމަށް އިންވެސްޓް ކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި މަސައްކަތަކީ ހަމައެކަނި އިދާރީ އިޖުރާއަތެއް ނޫން. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުމާއި، އަޅުގަނޑުމެންގެ ސަރުކާރުން ހުނަރުވެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާއެއް. އަޅުގަނޑުމެންގެ ޤައުމީ އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ ފަހި މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް." ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%