އޮސްޓްރޭލިއާގެ މެލްބަން ގައި މިއަދު ހެނދުނު ގޮތް ނޭނގޭ ބަޔަކު ޔަހޫދީންގެ އަޅުކަންކުރާ ތަނެއް ކަމަށްވާ އަޑަސް އިސްރާއީލް ސިނަގަގުގައި އަލިފާން ރޯކޮށްލައިފިއެވެ. މި ހާދިސާ ހިނގިއިރު އެތަނުގައި ބައެއް މީހުން ނަމާދު ކުރަމުން ދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.
ފުލުހުންނާއި ޙަވާލާދީ އޮސްޓުރޭލިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސިނަގަގްގެ ބޮޑު ބައެއް އަނދާ ހުލިވި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ވިކްޓޯރިއަން ޕޮލިސް އިންސްޕެކްޓަރު ކްރިސް މުރޭ ވިދާޅުވީ މާސްކް އަޅައިގެން ތިބި ދެ މީހަކު އަލިފާން ރޯކުރުމަށް ހުޅުހިފާ ޒާތުގެ ކެމިކަލް ސްޕްރޭ ކުރަމުން ދިޔަ ތަން ފެނިފައިވާ ކަމަށެވެ.
ސިނަގަގްގެ ބޯޑު މެމްބަރު ބެންޖަމިން ކްލޭއިން ވިދާޅުވީ އަޅުކަން ކުރަމުން ދަނިކޮށް އަލިފާން ރޯވެ ގޮވުމުގެ އަޑު އިވުނު ކަމަށާއި ތައުރާތުގެ ކުރީގެ ކޮޕީތައް ސަލާމަތްކޮށްފައިވާ ކަމަށެވެ.
އޭނާ މާނަކޮށްފައިވާ ތައުރާތުގެ ކުރީގެ ކޮޕީ ތަކަކީ އެމީހުން އަމިއްލައަށް ބަދަލު ގެނެސްފައިވާ ތަކެއްޗެވެ.
ފުލުހުން ވަނީ މިމައްސަލައިގައި ޝައްކުކުރެވޭ މީހުން ހޯދުމަށް ޕެޓްރޯލް ކުރާ މިންވަރު އިތުރުކޮށް، ސީސީޓީވީ ފޫޓޭޖާއި ހެކިވެރިންގެ ބަޔާންތަކުގެ އެހީގައި ތަޙުޤީޤު ކުރިއަށް ގެންދަން ފަށައިފައި ކަމަށް އޮސްޓްރޭލިއާގެ ސަރުކާރުން ބުނެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ވެސް ނެރެފައެވެ.