ޑޮލަރު ސިޔާސަތާއިމެދު ރައްޔިތުން މާޔޫސްވާ ގޮތަށް ޔާމީން ވާހަކަފުޅު ދައްކަވައިފި

ހުސައިން އިސްމާއިލް | 103 ދުވަސް ކުރިން - 15:54
ކޮރަޕްޝަންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޕްރިޒަންސް އޮފިސަރުންގެ ބެލުމުގެ ދަށުން ޖަލަށް ގެންދަވަނީ - ޔާމީން ގެއަށް ބަދަލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ނިމިދިޔަ ވެރިކަމުގައި.
ކޮރަޕްޝަންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޕްރިޒަންސް އޮފިސަރުންގެ ބެލުމުގެ ދަށުން ޖަލަށް ގެންދަވަނީ - ޔާމީން ގެއަށް ބަދަލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ނިމިދިޔަ ވެރިކަމުގައި.
ޚުލާސާ

އެމްއެމްއޭގެ އައު ޤަވާޢިދަށް ރިޢާޔަތް ކުރައްވައި ރައްޔިތުންނަށް އޮޅުވާލައި މާޔޫސް ކޮށްލުމަށްޓަކައި ރައީސް ޔާމީން ވިދާޅުވީ ބޭންކުން ޢާންމު މީހަކަށް ޑޮލަރު ނުވިއްކާނެ ކަމަށާއި، ޑޮލަރު ދޭނީ ރިސޯޓު އޯނަރުން ފަދަ މުއްސަނދިންނަށް ކަމަށް.

ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވި ނަމަވެސް ޢާންމުންނަށް ޑޮލަރު ނުލިބޭނެ ކަމަށް ބުނެ ކުރީގެ ރައީސް ޔާމީން ރައްޔިތުން މާޔޫސްވާ ގޮތަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބިލިއަން ޑޮލަރު ރާއްޖޭގެ ބޭންކަށް ނުވަދެ ދުނިޔޭގެ އެހެނިހެން ބޭންކުތަކަށް ވަނުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރުމާއި، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީވެ، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަށެވެ. އެގޮތުން ބޭރުފައިސާ ރާއްޖޭގެ މަރުކަޒީ ބޭންކުން މާރުކުރުމަށް ލާޒިމްކޮށް ޤަވާޢިދަށް ވަނީ ބަދަލު ގެނެސްފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި އައު ޤަވާޢިދާ އެކު ބޭންކްތަކަށް މާރުކުރާ ޑޮލަރު އިތުރުވުމުން ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހައިން ޑޮލަރު ލިބި އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް އެހީތެރި ވާނެއެވެ.

އެމްއެމްއޭގެ އައު ޤަވާޢިދަށް ރިޢާޔަތް ކުރައްވައި (ރައްޔިތުން ބްރެއިންވޮޝް ކުރުމަށްޓްކައި) ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވީ، އެ ބަދަލު ގެނަޔަސް ޢާންމު ރައްޔިތުންނަށް ޑޮލަރު ގަންނަން ނުލިބޭނެ ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ބައްދަކުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ބޭންކްތަކުން ޑޮލަރު ވިއްކާނީ ބޮޑެތި އިންވެސްޓަރުންނަށެވެ. ޢާންމު ރައްޔިތަކު ބޭންކަށް ޑޮލަރު ގަންނަން ދިޔަކަމުގައި ވިޔަސް ބޭންކުން ޑޮލަރު ނުވިއްކާނެ ކަމަށް ވިދާޅުވެ ޔާމީނު ހެއްދެވީ އިތުރުފުޅެކެވެ.

"ބޭންކުން ޑޮލަރު ދޫކުރާނީ ބޭންކަށް އެންމެ ފައިދާވާ ގޮތަށް ޑޮލަރު ގަންނަ ފަރާތްތަކަށް. އެއީ، ބޮޑެތި އިންވެސްޓަރުންނަށް، ރިސޯޓު ހަދަން ބޭނުންވާ ބޮޑެތި ލޯނު ނަގައި މީހުންނަށް. އެއަކުންނެއް ނުލިބޭނެ އާންމު މީހުން ޑޮލަރު ގަންނަން ދިޔައީމާ،" ޔާމީން ވިދާޅުވިއެވެ.

އެމްއެމްއޭ އިން ވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އެ ތަންތަނަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވައިލާފައެވެ. މި ގަވާއިދު ބުނާ ގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ މަތީ ފަންތީގެ ވިޔަފާރިތަކުން، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަންޖެހެއެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.

ޔާމީނު މިހާރުއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެމަނިކުފާނަށް ތާޢީދު ހޯއްދެވުމަށެވެ. މިވަގުތު އެމަނިކުފާނުގެ ޕާޓީގައި ތިބީ އެންމެ 3172 މެމްބަރުންނެވެ.        

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%