އަންނަ އަހަރު ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރަން ފެށޭނެ: އަމީން

އައިޝަތު ރުވާ ރިފްޢަތު | 153 ދުވަސް ކުރިން - 27 ނޮވެންބަރު 2024 23:13
ވަޒީރު އަމީން/ ފޮޓޯ: ރައީސް އޮފީސް
ވަޒީރު އަމީން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުރިއަށް އޮތް 10 ނުވަތަ 15 ވަރަކަށް ދުވަސް ތެރޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރެވޭ ފަރާތަކާއި އެކީ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަރުހަލާ ނިމިގެންދާނެ.

އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރަން ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުފުހުންތަކާއި ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ޒަމާނަށް އައި ބަދަލުތަކާއެކީ ވައިގެ ދަތުރުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބެލިއަސް އަދި ބަލި މީހުން އުފުލުމުގައި ވިއަސް މިއަދުގެ ހާލަތަށް ބަލާއިރު، އެންމެ މުހިންމު އެއް ކަމަކީ ސަލާމަތީ ގޮތުން ރައްކާތެރި ހެލިކަޕްޓަރު އޮޕަރޭޝަންތައް ފެށުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަންނަ އަހަރުގެ މާޗް ހިސާބަށް ދާއިރު، އިރާދަކުރެއްވިއްޔާ ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރެވެން ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 10 ނުވަތަ 15 ވަރަކަށް ދުވަސް ތެރޭގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރެވޭ ފަރާތަކާއި އެކީ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަރުހަލާ ނިމިގެންދާނެއެވެ. އަދި މި ބަދަލަކީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ ރިކޮމެންޑޭޝަންތަކާއެކީ ކުރެވިގެންދާނެ ކަމެއް ކަމަށާއި، ސަލާމަތީ ގޮތުން ރާއްޖެއަށް އޮޕަރޭޓް ކުރުމަށް އެންމެ ރަނގަޅު ހެލިކަޕްޓަރު ބޭނުން ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ހެލިކަޕްޓަރު އޮޕަރޭޝަން ފެށުމުން ރަށްރަށުން މާލެއަށް ބަލި މީހުން ގެނައުމަށް ދިމާވެފައިވާ ދަތިތަކާއި، ފަތުރުވެރިންނަށް ރޭގަނޑު ދަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%