ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމުގެ މަސައްކަތް ފަށައިފި

އާނާ ފަހީމް | 113 ދުވަސް ކުރިން - 11:57
މާލީ ވަޒީރު މޫސާ ޒަމީރު މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހަށް ހުށަހަޅަނީ
މާލީ ވަޒީރު މޫސާ ޒަމީރު މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހަށް ހުށަހަޅަނީ
ޚުލާސާ

ރާއްޖެއަކީ މިސަރަޙައްދުގެ އިސްލާމިކް ފައިނޭންސް ހަބަކަށް ހެދުމަށް މާލީ ވުޒާރާގައި ވަކި ޑިޕާޓްމަންޓެއް ޤާއިމްކޮށް، ޝަރީޢާ އެޑްވައިޒަރީ ކޮމެޓީއެއް އުފައްދައި، ސަރުކާރުގެ ފުރަތަމަ ސުކޫކު އިޝޫކުރުމުގެ މަސައްކަތް ކުރަމުންދޭ.

ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 52" އަށް ދެއްވި ޚާއްސަ އިންޓަވިއުގައެވެ.

ރާއްޖެއަކީ މިސަރަހައްދުގެ އިސްލާމިކް ފައިނޭންސް ހަބަކަށް ހެދުމަކީ މިސަރުކާރުގެ މުހިންމު ތަސައްވުރެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން މާލީ ވުޒާރާގެތެރޭގައި ވަކި ޑިޕާޓްމަންޓެއް ޤާއިމްކޮށްފައިވާ ކަމަށާއި، އުސޫލުތަކާއި އެއްގޮތަށް ޝަރީޢާ އެޑްވައިޒަރީ ކޮމެޓީއެއް އުފައްދާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމިކް ޓްރެޜަރީ ވަސީލަތްތައް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ސަރުކާރުގެ ފުރަތަމަ ސުކޫކު އިޝޫކުރުމަށްވެސް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. "ލިސްޓުކުރާ އަދި ސަރުކާރު ނިސްބަތްވާ ފުރަތަމަ ސުކޫކު، ސީއެމްޑީއޭ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ހުއްދަ ނަގައިގެން، މިހާރު ތައްޔާރުވެފައިވަނީ އެ ސުކޫކު އިޝޫކުރުމަށް," ވަޒީރު ޒަމީރު ވިދާޅުވިއެވެ.

އިސްލާމިކް ފައިނޭންސާއި ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާ ކައިރި މުސްތަޤްބަލެއްގައި ފެންނާނެ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%