އެމްޑީޕީއިން ދިޔައީ ތިންމަސްދުވަސްތެރޭގައި ރާއްޖެ ބަނގުރޫޓުވާނެކަމަށް ހީކޮށް ވެރިކަމަށް ވިސްނަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙަައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ، "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން އިން އެމޭރުމުން ވިސްނުމަށް ފަހު ވަޒީރުންގެ ގޮތުގައި މީހުން ހަމަޖައްސާފައީވި ނަމަވެސް ކަންވީ އެއާއި މުޅިން އިދިކޮޅަށް ކަމަށެވެ.
ސަޢީދު ވިދާޅުވީ ފުރަތަމަ ތިން މަސް ފާއިތުވުމަށް ފަހު، އަދި އިތުރު ތިިން މަސް ދުވަހަށް އެމްޑީޕީ އިން ޘަނާ ކިޔަކިޔައި ތިބި ކަމަށެވެ. ނަމަވެސް އެ ތިންމަސްދުވަސް ގޮސް އޮބާލީ އެވެ. އެއަށް ފަހުގައި އިތުރު މޮޅު ވާހަކަތައް ދައްކައި ބަނގުރޫޓުވާނެ ކަމަށް ވެސް އެމީހުން ބުނެފައިވާ ކަމަށް ސައީދު ބުންޏެވެ.
މި ކަން މިގޮތަށްވަމުން ދިޔައިރުވެސް، ރައީސް ޑ.ރ މުޢިއްޒު ޤައުމު ހިންގެވީ ވަރަށް ޙިކުމަތްތެރިކަމާއެކު ކަމަށާއި، އެއްވެސް ޤައުމަކާއި ނުޖެހި ހުރިހާ ޤައުމުތަކަކާއި ވެސް ގުޅިގެން ކަމަށް ސަޢީދު ވިދާޅުވިއެވެ.