ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު، އޭނާ ގެއަށް ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މެސެޖުތައް އޭނާގެ އަތުގައި ހުރި ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް އަބޫބަކުރު (ހެރިންސް އައްމަޑޭ) ވިދާލުވެއްޖެއެެވެ.
ހެރިންސް އައްމަޑޭ މިހެން ވިދާޅުވީ ޕީއެންއެފް އޮފީހުގައި އެންމެ ފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޖަލުން ނުނިކުންނާނެކަން ކަށަވަރު ކުރުމަށާއި ގެއަށް ބަދަލު ކުރުމަށް ދެކޮޅު ހެއްދެވީ ރައީސް ޑރ. މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.
ނަމަވެސް، ހެރިންސް އައްމަޑޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ދެއްކެވީ ކަނޑައެޅިގެން ބުހުތާން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޔާމީން ޖަލުން މިނިވަން ކުރަން އަދި ގެއަށް ބަދަލުކޮށް ދިނުމަށް އެދި ރައީސް ޑރ. މުޢިއްޒު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި މެސެޖްތައް އޭނާގެ އަތުގައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. ޔާމީން ޖަލުން މިނިވަން ކުރަން އަދި ގެއަށް ބަދަލުކޮށްދިނުމަށް އެދި އޭރުގެ ރައީސް އިބްރާހިމް އަށް، ރައީސް ޑރ. މުޢިއްޒު ކުރެއްވި މެސެޖުތައް އަޅުގަނޑުމެން އަތުގައި އެބަހުރި@VaguthuOnline @thevoice_mv @DhiyaresNews @themirrormv @AdhadhuMV… pic.twitter.com/j6nk4nNmdN
— Harinsammadey 🇲🇻 (@vaitheyoammadey)
?t=LQsTXWp_ODcRkrHSRG8gHQ&s=19
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު، ރައީސް ޑރ. މުޢިއްޒު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައި ވަނީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރެއްވުމަށެވެ.
މީގެ ކުރިން ވެސް، ޕީޕީއެމްގެ ލީޑަޝިޕްގެ އެކި ބޭފުޅުން ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި އޭރުގެ ސަރުކާރަށް ގޮވާލާފައެވެ.