ހަރުދަނާ ސެކިއުރިޓީ ފީޗާތަކާއެކު ޑޮމެއިން ބީލަމުގެ އުޞޫލުން ވިއްކަން ފަށަނީ

އާނާ ފަހީމް | 175 ދުވަސް ކުރިން - 5 ނޮވެންބަރު 2024 21:49
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވާހަކަފުޅުދައްކަވަނީ
ޚުލާސާ

ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ ގޮތަށް، ބީލަމުގެ އުޞޫލުން އަންނަ އަހަރު ޑޮމެއިން ވިއްކަން ފަށައި ޤަވާޢިދު އިޞްލާޙުކޮށް އައު ރަޖިސްޓްރޭޝަން ނިޒާމެއް ތަޢާރަފުކޮށް، އިލެކްޓްރޯނިކް ބިޑިންގ ސިސްޓަމެއް ޤާއިމުކުރެވިފައިވާކަމަށް ވަޒީރު އަމީން ވިދާޅުވެއްޖެ.

ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ ގޮތަށް، ބީލަމުގެ އުޞޫލުން އަންނަ އަހަރު ޑޮމެއިން ވިއްކަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަމީން ވިދާޅުވީ، އަލުން ޑޮމެއިން ވިއްކަން ފަށާއިރު އެކަން ކުރާނީ އިލެކްޓްރޯނިކް ބިޑިން ސިސްޓަމެއްގެ ދަށުން ކަމަށެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ޤަވާޢިދު އިޞްލާޙުކޮށް ގެޒެޓްކޮށްފައިވާ ކަމަށާއި، އަލަށް ސެކިއުރިޓީ ފީޗާއާ އެކު ފަރުމާކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުންކުރުމުގެ ހުއްދަ ދޫކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ދޫކޮށްފައިވާ ޑޮމެއިންތައް ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިންނަށް ބަދަލުކުރަން ފަށާނީ މި މަހުގެ 17 އިން ފެށިގެން ދެމަސްދުވަހުގެ މުއްދަތަކަށެވެ. އަދި އެންމެ ފުރަތަމަ ދޫކުރާނީ ތިން ނަމްބަރާއި ހަތަރު ނަމްބަރުގެ ޑޮމެއިންތައް ކަމަށާއި، ކޮންމެ ތިންމަހަކުން ޑޮމެއިން ވިއްކާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އައު ނިޒާމުގެ ދަށުން ޑޮމެއިންގެ ވެރި ފަރާތަށް އޮންލައިންކޮށް މަޢުލޫމާތު ބެލޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޑޮމެއިންތަކުގެ މާކެޓް ވެލިއު މަތިވާނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%