ފަލަސްތީނުގެ ޖިހާދަށް ތާއީދުކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 150 ދުވަސް ކުރިން - 22:48
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވަނީ ފަލަސްތީނުގެ އަދުގެ ހާލަތަށް އަލިއަޅުވާލައްވައި، ދިވެހިން ފަލަސްތީނުގެ މުސްލިމުންނާ އެކު ދެމިތިބުމަށް ގޮވާލައްވާފައި.

ނަސްރުގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ފަލަސްތީނުގެ ރައްޔިތުން ހައްގު ހޯދުމަށް ކުރަމުން އަންނަ ޖިހާދަށް ދިވެހި ސަރުކާރާއި ރައްޔިތުން ފުރިހަމައަށް ތާއީދުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވަނީ ފަލަސްތީނުގެ އަދުގެ ހާލަތަށް އަލިއަޅުވާލައްވައި، ދިވެހިން ފަލަސްތީނުގެ މުސްލިމުންނާއެކު ދެމިތިބުމަށް ގޮވާލައްވާފައެވެ.

"އިސްލާމީ ތާރީޚުގައި މުހިންމު ސަރަހައްދެއްކަމަށް ވާ ފަލަސްތީނާއި ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އުދުވާންތައް އަޅުގަނޑުމެން ކުށްވެރިކުރަންޖެހޭ. ފަލަސްތީނު ރައްޔިތުން ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެއްބާރުލުން ދޭންޖެހޭ." ރައީސް މައުމޫނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މައުމޫނު ވަނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ކަންކަން ބަދަލުވަމުން އައި ނަމަވެސް އާއި އަލަށް ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލެވުނު ނަމަވެސް، އަދި މީގެ އިތުރުން ސިޔާސީ ޕާޓީތައް ދިވެހިންގެ ތެރޭގައި އޮތްނަމަވެސް ދިވެހިންގެ އެއްބައިވަންތަކަން ދަމަހައްޓަންޖެހޭކަމަށެވެ.

ގައުމީ ކަންކަމަށް ސިޔާސީ ކަންކަމަށްވުރެ އިސްކަންދޭން ޖެހޭނެކަމަށް ވިދާޅުވެ ރައީސް މައުމޫނު ވަނީ ނަސްރުގެ ދުވަހުވެސް ދިވެހިންގެ އެއްބައިވަންތަކަން ފެނިގެންދިޔަކަން ފާހަގަކުރައްވާފައެވެ.

ރައީސް މައުމޫނުގެ ވާހަކަފުޅުގައި ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރައްވައި، އެދުވަހު ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ފަންވަރާއި އަދި އަވަށްޓެރި ގައުމުތަކުން ދެއްވި އެހީއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%