ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަވީ ގެންގުޅުނު ސިޔާސަތުން: ރައީސް މައުމޫން

އައިޝަތު ރުވާ ރިފްޢަތު | 150 ދުވަސް ކުރިން - 21:50
ރައީސް މައުމޫނުގެ ދެކަބަލުން ދައުލަތުގެ މީޑިއާއަށް އިންޓަވިއު ދެއްވަނީ/ ފޮޓޯ: ޕީއެސްއެމް
ރައީސް މައުމޫނުގެ ދެކަބަލުން ދައުލަތުގެ މީޑިއާއަށް އިންޓަވިއު ދެއްވަނީ/ ފޮޓޯ: ޕީއެސްއެމް
ޚުލާސާ

އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށާއި، އެކަން އެހެންވީ އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް ވެސް ރައީސް މައުމޫން ފާހަގަކުރެއްވި.

ވެރިކަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަވެ، ހުރިހާ ޤައުމަކުން ވެސް ރާއްޖެއަށް ހެޔޮ އެދޭކަން ފާހަގަވެގެން ދިޔަ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ރައީސް މައުމޫން ވިދާޅުވީ، "އަޅުގަނޑުމެންނާ ދޭތެރޭގައި ތަފާތު ގޮތަކަށް ދެކޭ އެއްވެސް ޤައުމެއް ނެތް. ޚާއްޞަ ގޮތަކަށް އިންޑިއާ. އަޅުގަނޑުމެންނާ ކައިރީގައި އޮންނަ އެންމެ ބޮޑު ޤައުމު. ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެން އިންޑިއާއަށް ދަން. ވަރަށް ގިނަ ދިވެހިން ބޭސް ފަރުވާއަށްދޭ. ކިޔަވަންދޭ. ވިޔަފާރީގެ ކަންތައްތަކަށްދޭ. އެހެންވީމަ އިންޑިއާއާ ދިވެހި ރާއްޖެއާއި އޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް."

އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށާއި، އެކަން އެހެންވީ އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް ވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން، އެންމެ ފުރަތަމަ ވެސް އެހީއަށް އެދޭއިރު އެދޭނީ އިންޑިއާއިން ކަމަށް އެންމެނަށް ވެސް ޤަބޫލް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ޕްރޮގްރާމްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަނީ 3 ނޮވެމްބަރު 1988 ގައި ހިނގި ޢުދުވާނީ ޙަމަލާގައި އެ ބޭފުޅުންނަށް ކަންތައް ދިމާވި ގޮތް ތަފްޞީލްކޮށް ޙިއްސާކުރައްވާފައެވެ. އަދި އެ ޙާދިސާއާ ގުޅިގެން އެ ބޭފުޅުންގެ އިޙްސާސްތައް ވެސް ހިއްސާކުރައްވާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%