ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި "އިންޑިއާ އައުޓް" މި ނަމުގައި އުފެދުނު ހަލަބޮލިކަމަކީ ގިނަ ރައްޔިތުންގެ ހިތްތަކުގައި އަދިވެސް ހިނގަމުންދާ ބަހުސެކެވެ. ނަމަވެސް، މިފަހަކަށް އައިސް ހާމަވަމުންދާ ޙަޤީޤަތްތަކުން އެނގެނީ މި ސްލޯގަންގެ ފަހަތުގައި އޮތީ ކުރީގެ ރައީސް ޔާމީނުގެ މަކަރުވެރި ސިޔާސީ ކުޅިވަރެއްކަމެވެ.
ފުރަތަމަ ކަމަކަށް، ރައީސް ޔާމީނު "އިންޑިއާ އައުޓް" ސްލޯގަން ބޭނުންކުރެއްވީ ކުރީގެ ސަރުކާރަށް ޕްރެޝަރު ކުރުމަށާއި، ރާއްޖެއާއި އިންޑިއާއާ ދެމެދު ފިތުނަ އުފެއްދުމަށެވެ. މިއީ ވަރަށް ނުރައްކާތެރި ކުޅިވަރެކެވެ. ސަބަބަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ނުބައިކޮށްލުމަކީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވާތީއެވެ.
ދެވަނަ ކަމަކަށް، ޔާމީނަށް ވެރިކަމަށް ކުރިމަތިލެއްވޭނެކަމުގެ ޔަޤީންކަން ނެތުމާއެކު، އަންނަން އޮތް ސަރުކާރަކަށްވެސް އިންޑިއާގެ އެހީތެރިކަން ނުލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރެވެއެވެ. މިއީ ވަރަށް ސާފުކޮށް އަމިއްލަ މަޞްލަޙަތު ޤައުމީ މަޞްލަޙަތުގެ މައްޗަށް އިސްކުރެއްވި ކަމެކެވެ.
ތިންވަނަ ކަމަކަށް، މި ޙަޤީޤަތްތައް ހާމަވެގެން ދިޔައީ ޔާމީން އަމިއްލަފުޅަށް ކުރެއްވި ކަމަކުންނެވެ. އެމަނިކުފާނު 2022 ސެޕްޓެމްބަރު 20 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އެއީ "އިންޑިއާ އައުޓް" އާއި ގުޅިގެން ސަރުކާރުން ނެރުނު ޤަރާރު ބާޠިލްކުރުމަށް އެދިވަޑައިގެންނެވެ. ނަމަވެސް، މައްސަލަ ތާވަލްކުރުމުން، ކުރިއަށް ދާން ބޭނުންފުޅު ނުވެ ކޯޓަށް ފިއްލެވީއެވެ.
މި ޢަމަލުން ސާފުކޮށް ދޭހަވަނީ، އެ ޤަރާރަކީ ޙަޤީޤަތުގައިވެސް ޞައްޙަ އަދި ޤާނޫނީ ބާރު ލިބިގެންވާ ގަރާރެއްކަން ޔާމީން ޤަބޫލުކުރައްވާކަމެވެ. ޔާމީނަށް އެއޮތީ އަމިއްލަފުޅަށް އިޢުތިރާފު ވެވިފައި ކަމަށް މާނަ ކުރެވެއެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހެޅުއްވުމުގެ އަސްލު މަޤްޞަދަކީ ރައްޔިތުންގެ ލޯ ކުރިމަތީގައި އަމިއްލަ ސިޔާސީ މަސްލަހަތު ކުރިއެރުވުމަށްޓަކައި ކުރެއްވި މަސައްކަތެއްކަންވެސް މިހާރު ވަނީ ވަރަށް ސާފުކޮށް ހާމަވެފައެވެ. މި ކަމަކީ ޔާމީންގެ ސިޔާސީ ކުޅިވަރުގެ އަނެއް ނަމޫނާއެއް ކަމުގައި ދެކެވިދާނެއެވެ.
އިތުރަށް ކިޔާލަން:
ޔާމީނުގެ މި ހުތުރު ޢަމަލުފުޅުތަކުން ވަރަށް ސާފުކޮށް ދައްކުވައިދެނީ ޔާމީނުގެ އަސްލު ސޫރައެވެ. "އިންޑިއާ އައުޓް" ސްލޯގަންއަކީ ހަމައެކަނި ސިޔާސީ ބޭނުމަށް އުފެއްދި އެއްޗެއްކަން ހާމަވެ، ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު އިސްކުރެއްވި މިންވަރު މިކަމުން ވަރަށް ސާފުކޮށް ފެންނަން އޮތީމައެވެ..
ރައްޔިތުން މިހާރު ވިސްނާލަން ޖެހިއްޖެއެވެ. "އިންޑިއާ އައުޓް" ސްލޯގަންއަކީ ޙަޤީޤަތުގައި، ހަމައެކަނި ވަކި ފަރުދެއްގެ ސިޔާސީ މަޤްޞަދު ޙާޞިލް ކުރުމަށް ކުޅެވުނު މަކަރުވެރި ކުޅިވަރެކެވެ. މިފަދަ ޢަމަލުތަކުން ދުރުހެލިވެ، ޤައުމުގެ މަޞްލަޙަތު އިސްކުރާ ލީޑަރުންނަށް ތާއީދުކުރުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެކެވެ.
ރައީސް ޔާމީނުގެ މި ޢަމަލުން ދައްކުވައިދެނީ އެމަނިކުފާނަކީ ކުރިންވެސް އަދި މިހާރުވެސް ޤައުމަށް ކެހިވެރި، އަނިޔާވެރި މަކަރުވެރިއެއްކަމެވެ. ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ އެންމެ މުހިންމު ގުޅުންތަކުގެ ތެރެއިން އެއް ގުޅުމަށް ހުރަސްއެޅުއްވުމަށް މަސައްކަތްކުރެއްވި މިންވަރު މިއިން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އެހެން ނޫންނަމަ ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު އެމައްސަލައަށް ނުފިއްލަވާނެ ދެއްތޯއެވެ..
މިއީ ރައީސް ޔާމީނުގެ އަސްލު ސޫރައެވެ. ރާއްޖޭގެ ޚާރިޖީ ގުޅުންތައް ކިލަނބުކޮށް، ޤައުމަށް ޣައްދާރުވާފަދަ ކަންތައްތައް ރާވައި ހިންގައި އެއަށްފަހު އެކަންތަކަށް ފިއްލަވާއިރު ލަދު ކޮބައިތޯއެވެ. އެެންކަމުން، ސިޔާސީ މިފަދަ ލީޑަރުންގެ ބަސްތަކާއި ޢަމަލުތައް ވަރަށް ގާތުން ބަލައި، ވިސްނައި ފިކުރުކުރާން އެބަޖެހެއެވެ. ރައްޔިތުންގެ ގޮތުގައި އަޅުގަނޑުމެން ޖެހޭނީ އަބަދުވެސް ޤައުމީ މަޞްލަޙަތު އިސްކުރާ، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ލީޑަރުންނަށް ފުރުޞަތު ދޭށެވެ..
"އިންޑިއާ އައުޓް" ސްލޯގަންގެ ފަހަތުގައި އޮތް ޙަޤީޤަތަކީ ހަމައެކަނި ވަގުތީ ސިޔާސީ މަންފާއެއް ހޯދުމަށް ޔާމީން ކުޅުއްވި ކުޅިވަރެކެވެ. މިފަދަ ކުޅިވަރުތަކުން ދުރުހެލިވެ، ޤައުމުގެ ދުރު މުސްތަޤުބަލަށް ވިސްނައި، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ކުރިއަރުވަން މަސައްކަތްކުރާ ލީޑަރުންނަށް ތާއީދުކުރުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ.