ޓެކްސީ ޚިދުމަތް ކުންފުންޏަކާއި ޙަވާލުކުރަން ނިންމައިފި

އުސްތާޛް އަލީ އާދަމް | 182 ދުވަސް ކުރިން - 29 އޮކްޓޯބަރު 2024 21:18
މާލޭގެ މަގުމަތިން ޓެކްސީއެއް ދަތުރުކޮށްފައިދަނީ: ސަރުކާރުގެ ޓެކްސީ ސިޔާސަތުގެ ސަބަބުން ދަތުރުފަތުރަށް ލުއި ލިބޭނެ / ފޮޓޯ: ޚުލާސާ
މާލޭގެ މަގުމަތިން ޓެކްސީއެއް ދަތުރުކޮށްފައިދަނީ: ސަރުކާރުގެ ޓެކްސީ ސިޔާސަތުގެ ސަބަބުން ދަތުރުފަތުރަށް ލުއި ލިބޭނެ / ފޮޓޯ: ޚުލާސާ
ޚުލާސާ

މިނިސްޓަރު ވިދާޅުވީ ޚިދުމަތްދޭނީ މުޅިން އައު ޓެކްސީ ތަކުގައި ކަމަށާއި މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށާއި، ބާކީ 50 ޕަސެންޓް ޖާގަ ވަޒީފާގައި އުޅެމުން ޓެކްސީކުރަން ބޭނުންވާ ފަރާތްތަކަށް ކަމަށް.

މާލެ އާއި ހުޅުމާލޭގެ ޓެކްސީ ޚިދުމަތް މިހާރަށް ވުރެން ރަނގަޅަށް އަދި ފަސޭހައިން ފޯރުކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނީގެ ދަށުން ހިންގާ ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށާއި، ބާކީ 50 ޕަސެންޓް ޖާގަ ވަޒީފާގައި އުޅެމުން ޓެކްސީ ކުރަން ބޭނުންވާ މުވައްޒަފުންނަށް ޚާއްޞަކުރާނެ ކަމަށެވެ. އަދި ޓެކްސީގެ ޚިދުމަތް ދޭން ފަށާނީ މުޅިން އާ ކާރުތައް ގެނެސްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:

- ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ

- ޓެކްސީކުރާ 25 ޕަސެންޓު، އިލެކްޓްރިކް ޓެކްސީތަކަށް ހެދުން

- ޑްރައިވަރުންނަށް ވަކި ޔުނީފޯމެއް ލުން

- ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ، 100 ރުފިޔާއަށް ވުރެ ދަށް ނުކުރުން

- ސަރުކާރުން ޓެކްސީތަކުގެ މެއިންޓަނެންސާއި ޕެޓްރޯލް އެޅުން ހަމަޖައްސައިދިނުން

- 24 ގަޑިއިރު ޚިދުމަތް ދޭ ޓެކްސީ ލައިނަކަށް ހެދުން

މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަކީ ވެސް ސަރުކާރުން ޓެކްސީ ޚިދުމަތް ދިނުމުގެ މުހިންމު ބޭނުމެކެވެ. ނަމަވެސް، ޓެކްސީގެ ޚިދުމަތް ދިނުން ހަވާލުކުރަން ނިންމާފައި ވަނީ ކޮން ކުންފުންޏަކާ ކަމެއް މިނިސްޓަރު މިއަދު ހާމަކުރައްވާފައެއް ނުވެއެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%