ކުރީ ސަރުކާރުން އޮޅުވާލާފައިވާ ދެބިލިއަނެއްހާ ރުފިޔާގެ ތަފްޞީލުތައް ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން - މާލީ ވުޒާރާ

ހުސައިން އިސްމާއިލް | 136 ދުވަސް ކުރިން - 18:07
މާލީ ވަޒީރު މޫސާ ޒަމީރު.
މާލީ ވަޒީރު މޫސާ ޒަމީރު.
ޚުލާސާ

ޚަރަދު ރިކޯޑުކުރުމުގެ މައްސަލަ ހައްލުކޮށް މާލީ ހިސާބުތައް ޢާއްމުކޮށްފި. މީގެ އިތުރުން، 2023 ގެ ޚަރަދު އެ އަހަރުގެ ހިސާބުތަކުގައި ހިމެނުމަށާއި ގެއްލިފައިވާ ޚަރަދުތަކުގެ ތަފްޞީލް ހޯދުމަށްވެސް ވަނީ ހުށަހަޅާފަ.

މިދިޔަ ސަރުކާރުން ދައުލަތުގެ ޚަރަދު ރިކޯޑުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރިއިރު، އެމައްސަލަ ހައްލުކުރުމަށްފަހު، މާލީ ހިސާބުތައް ޢާއްމުކޮށްފިއެވެ. 

ދައުލަތުގެ ޚަރަދުތައް ހިނގާ ގޮތް ބަރާބަރަށް ޢާންމު ކުރުމަށް އޮތް ނަމަވެސް ވަކިހިސާބަކުން ފެނުނު ބޮޑެތި ފުށުއެރުންތަކުގެ ސަބަބުން މިސަރުކާރުން އެކަން މަޑުޖައްސާލީ އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދުމަށްފަހުއެވެ. އެކަން މިފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. 

އެމްޑީޕީގެ ސަރުކާރުން ވަނީ ކޮށްފައިވާ ބައެއް ބޮޑެތި ޚަރަދުތައް އެއީ 2024ވަނަ އަހަރުގެ ޚަރަދުތަކަށް ހަދައި މުޅި މާލީ ނިޒާމު ގަނޑުބަޑު ކޮށްފައެވެ. އެމްޑީޕީ ވެރިކަމުގެ އެ ގަނޑުބަޑުގެ ތެރޭގައި 2 ބިލިއަނެއްހާ ރުފިޔާގެ ތަފްޞީލަށް ވެސް ވީނުވީއެއް ނޭނގޭކަން ފާހަގަ ކުރެވެއެވެ.

ސަރުކާރުގެ މާލީ އިޞްލާޙުގެ ތެރެއިން މިއަދު ފިނޭންސުން ބުނީ 2023 ވަނަ އަހަރުގެ ޚަރަދުތައް އެ އަހަރުގެ މާލީ ހިސާބުތަކުގައި ހިމެނުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޚަރަދުގެ ތެރެއިން ރިކޯޑުނުކޮށްވާ 2 ބިލިއަނެއްހާ ރުފިޔާގެ ތަފްޞީލުތައް ކަށަވަރުކުރުމުގެ މަސައްކަތް އޮޑިޓް އޮފީހުން ދަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން 2023 ގެ ޚަރަދުތަކުގެ ޢަދަދުތަކަށް ބަދަލު އަންނާނެކަމަށް ފިސްކަލް އަޕްޑޭޓްގައި ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ޖޫންއިން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ހުރިހާ ވީކްލީ އަޕްޑޭޓެއް ވަނީ ޢާއްމުކޮށްފައެވެ. އަދި މުސާރައަށް ކުރާ ހޭދަ ބޮޑުވެފައިވަނީ، ސިފައިންނާއި ފުލުހުންނާއި، ކުރިން ޕޭ ހާމަނައިޒްކޮށްފައިވާ އެހެނިހެން ޕްރޮފެޝަންތަކުގެ މުސާރައާ ގުޅިގެންކަން ފާހަގަކޮށްފައިވެއެވެ.

ތަކެތީގެ އަގު ބޮޑުވެ ސަރުކާރުން ކުރަން ޖެހޭ ޚަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން އަންނައިރުވެސް، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، މުޅި ޚަރަދަށް އިތުރުވެފައިވަނީ 700 މިލިއަން ރުފިޔާ ކަމަށްވާތީ މިއީ ނިސްބަތުން މަދު ޢަދަދެއްކަންވެސް ފާހަގަ ކުރެވެއެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުގެ 75 މެމްބަރުންގެ ވޯޓާއެކު ފާސްވެފައިވާއިރު ޤާނޫނުގައި އޮންނަ ގޮތުން ބަޖެޓް ހުސްވުމުގެ ކުރިން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ އޮޕްޝަނަށް ސަރުކާރުން ދާންޖެހުނީ ، ކުރީ ސަރުކާރުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު އަދި ހުސްނުވި ކަމުގައިވިޔަސް، ފާސްކޮށްފައިވާ ޢަދަދަށްވުރެ އިތުރަށް ޚަރަދު ހިނގާނެކަމަށް އަންދާޒާކުރެވޭތީމާލީ ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%