އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ދަނީ. މިމެޗުގައި ރާއްޖެ ބަލިވީ 0-11 ލަނޑުން/ / ފޮޓޯ: އޯލް ނޭޕާލް ފުޓުބޯލް އެސސޯސިއޭޝަން
ނޭޕާލުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް ނެޕާލުން 11 ލަނޑު ޖަހައިފިއެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއަށް އެންމެ ގޯލެއް ވެސް ނުޖެހުނުއިރު، ފުރަތަމަ ހާފުގައި ނޭޕާލުން ވަނީ ރާއްޖޭގެ ގޯލަށް ހަތަރު ލަނޑު ވައްދާފައެވެ. ބާކީ 8 ލަނޑު ނޭޕާލުން ޖެހީ ފަހުހާފުގައެވެ.
7 ޤައުމު ބައިވެރިވާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން އޮތީ ލަންކާއާއި ބޫޓާނެވެ. ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް އާއި، އިންޑިއާ އަދި ޕާކިސްތާނެވެ.
ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ސެމީއަށް ކޮލިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެވަނަ ޓީމެވެ.
މުބާރާތުގެ ގުރޫޕް ބީގެ ތާވަލުގެ އެންމެ ފުލުގައި އޮތީ ރާއްޖެއެވެ. މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެ މައިނަސް 12 ގޯލާއެކު ގުރޫޕްގެ ހަތަރުވަނައިގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ފުރަތަމަ މެޗުގައި ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. ގުރޫޕްގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ބުޓާނާ ދެކޮޅަށެވެ.