އޭޝިއަން ކަޕް 2025 : ކޮލިފައި ނުވީ ކީއްވެ؟

އުސްތާޛް މުޙައްމަދު ޢަލީ | 183 ދުވަސް ކުރިން - 06:18
ޚުލާސާ

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމް އޭޝިއަން ކަޕް ކޮލިފައިންގ ގައި ލެސްޓޭ އަތުން ވެސް ބަލިވެ ގުރޫޕްގެ ފުލަށް ދާން ޖެހުނު އެއް ސަބަބަކީ ކުޅުންތެރިންގެ ކިބައިގައި ފުޓުބޯޅައިގެ އަސްލު ރޫހާއި ޑިސިޕްލިން ނެތުމެވެ. މިއީ ދިވެހި ފުޓުބޯޅައިގައި ދިމާވެފައިވާ ބޮޑު މައްސަލައެވެ. އަނެއް ސަބަބަކީ މުހިންމު ގިނަ ކުޅުންތެރިން އޭލެވެލް އިމްތިހާނަށް ޓަކައި ޓީމާއެކު ބައިވެރި ނުވާތީއެވެ.

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް 2025 ކޮލިފައިންގ މުބާރާތުގައި ރާއްޖޭގެ ޓީމު ވަނީ ހުރިހާ މެޗަކުން ބަލިވެފައެވެ. މި މުބާރާތުގެ ގުރޫޕް އެފްގައި ހިމެނުނު ރާއްޖޭގެ ޓީމު ވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެ، އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލަށް ގޮސްފައެވެ.

ރާއްޖޭގެ ޓީމުގެ އެންމެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން 4-1 އިން ބަލިވިއެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ މުޒުދާން ޙަސަންއެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޢަބްދުﷲ ފިޒާން އަބްދުލް ޣަފޫރު އަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން ރާއްޖޭގެ ޓީމަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެ މެޗަށް ޓީމު ނުކުވީ ވެސް ނާކާމިޔާބާއިގެންނެވެ. އެއީ އޭގެ ކުރީގެ ދެމެޗުން ރާއްޖޭގެ ޓީމު ބަލިވިއިރު ބައިކޮޅަށް ޖުމްލަ 7 ގޯލު ވަދެފައި ވާތީއެވެ.

ރާއްޖޭގެ ޓީމުގެ މި ފަހަރުގެ ދަތުރު މިހާ ނާކާމިޔާބު ވުމުގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނަށް މި ދަތުރުގައި ބައިވެރިނުވެވުމެވެ. ގައުމީ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އޭލެވެލް އިމްތިހާނު ހަދާ ކުދިންކަމުން، އެ ކުދިންނަށް މި މުހިންމު މުބާރާތުގައި ބައިވެރިއެއް ނުވެވުނެވެ.

ރާއްޖޭގެ ޓީމު ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ އަތުން ބަލިވީ 0-4 ލަނޑުންނެވެ. އިންޑޮނޭޝިއާއިން 4 ގޯލު ވެސް ޖަހާފައިވަނީ ފަހުހާފުގައެވެ. އެއީ 52ވަނަ މިނެޓުގައި ޖެހި ގޯލާއެކު 15 މިނެޓް ތެރޭގައި އަނެއް ތިން ގޯލު ޖަހައިގެންނެވެ.

ރާއްޖެ ދެވަނައަށް ކުޅުނީ ޔަމަނާއި ދެކޮޅަށެވެ. އެ މެޗު ޔަމަން ކާމިޔާބު ކޮށްފައި ވަނީ 3-0 ލަނޑުންނެވެ.         

ރާއްޖޭގެ ޒުވާން ޓީމަށް މި ލިބުނު ނާކާމިޔާބީގެ އަސްލަކީ ޒަމާނުއްސުރެ ފުޓުބޯޅައަށް ދޭންވީ "ފޯކަސް" ދެވިފައި ނުވާތީއެވެ.

މައްސަލައަކީ މެނޭޖްމެންޓެއް ވެސް ނޫނެވެ. މައްސަލައަކީ ކުޅުންތެރިންގެ ކިބައިގައި ފުޓުބޯޅައިގެ އަސްލު ރޫހު ނެތުމާއި ކުޅިވަރުގެ ޑިސިޕްލިން ނުހިފެހެއްޓުމެވެ. "ފޯކަސް" ނުދެވުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

މަޖުނޫނު

183 ދުވަސް ކުރިން - 12:33

ބައްސާމު ހައްޔަރުކުރޭ. އޭނަ ރާއްޖޭގެ ފުޓުބޯޅަ ހަލާކު ކުރީ

ކަރީމު

183 ދުވަސް ކުރިން - 12:33

ބަލިވީ ދިވެހި ދައުލަތްތަކުން ފުޓުބޯޅަ ފުޑާލާފައި އޮތީމަ.