މީހަކު މަރާލި ޕާކެއް ބަންދުކުރުމުން ޔާމީންގެ ރުޅި ޑރ.މުއިއްޒުއަށް - އަދީބު

ހުސައިން އިސްމާއިލް | 193 ދުވަސް ކުރިން - 18:02
ޚުލާސާ

އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު އެޕާކު ބަންދުކުރީ އެތަނަކީ ޖިނާޢީ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ތަނަކަށް ވެފައި ވާތީ. އެދުވަސްވަރު އެތަނުގައި މާރާމާރީ ހިންގަން ބޭނުންކުރާ އާލާތްތައް ފޮރުވާފައި ހުރިކަން ފާހަގަ ކުރެވޭ

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ހެންވޭރު ލޮރެންޒޯ ޕާކް ބަންދުކުރަން ނިންމުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް މުއިއްޒުއާމެދު ހިތްހަމަނުޖެހިގެން ވާހަކަތަކެއް ދެއްކެވިކަން އަހުމަދު އަދީބު ހާމަކުރައްވައިފި އެވެ. 

ޑރ. ވަހީދު ހަސަން މަނިކުގެ ދުވަސްވަރުގެ ޓުއަރިޒަމް މިނިސްޓަރު ބުނީ ޔާމީނު ރުޅި އައީ އޭނާއާއި ގުޅުން އޮންނަ ބަޔަކު ހިންގި މާރާމާރީއަކާއި ގުޅިގެން ހައުސިން މިިނިސްޓްރީން ޕާކު ބަންދުކުރި މައްސަލައިގައެވެ.

އަދީބު ހާމަކުރެއްވި ގޮތުގައި ޑރ.މުއިއްޒު އެ ޕާކް ބަންދުކުރީ އެތަނުގައި ސްކޫލް ކުއްޖަކު މަރާލި މައްސަލައިގައެވެ. އަދި އެ ގޭންގަކީ ޔާމީނާ ގުޅުން ހުރި ގޭންގެއް ކަމަށް އަދީބު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީނުއަކީ ގޭންގުތަކާއި ވަރަށް ބޮޑަށް ގުޅުން އޮންނަ ސިޔާސީ ބޭފުޅެކެވެ. އެމަނިކުފާނުގެ ނައިބުރައީސް އަހުމަދު އަދީބުގެ ވާހަކައިން ވެސް ޔާނީމުއާއި ގޭންގު ތަކާއި ގުޅުން އޮންނަކަން އެނގެއެވެ.

އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު އެޕާކު ބަންދުކުރީ އެތަނަކީ ޖިނާޢީ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރާ ތަނަކަށް ވެފައި ވާތީއެވެ. އެދުވަސްވަރު އެތަނުގައި މާރާމާރީ ހިންގަން ބޭނުންކުރާ އާލާތްތައް ފޮރުވާފައި ހުރިކަން ފާހަގަ ކުރެވެއެވެ.

އަދީބު ވިދާޅުވި މަރުގެ މައްސަލައަކީ މީގެ 12 އަހަރުކުރިން ލޮރެންޒޯ ޕާރކް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށި، ނޫރީގެ މުޙައްމަދު އަރުޙަމް (16އ) ގެ މަރުގެ މައްސަލައެވެ. 

އަރުހަމްގެ މަރާ ގުޅިގެން ފުރަތަމަ 6 މީހަކަށް ތުހުމަތު ކުރެވުނު ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި، ލ.މާވަށު އަސަރީގޭ މަންސޫރު ޔޫސުފާއި، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުއެވެ. 

ދެން ތިބި މީހުންނަށް ދައުވާ ނުކުރި ސަބަބެއް ނޭނގެއެވެ. އެއީ ޔާމީނުއާއި ގުޅުން އޮންނަ ބަޔަކަށް ވާތީވެ އެމީހުންނަށް ދައުވާ ނުކުރީ ކަމެއްވެސް އަދީބު ވިދާޅެއް ނުވެއެވެ.

ޑ.މުއިއްޒު ބަންދުކުރރަންޖެހުު ޕާކުގެ މި މަރާއި ގުޅިގެން ކުށް ސާބިތުވެފައިވަނީ ހަމައެކަނި ވިސާމްގެ މައްޗަށެވެ. އެގޮތުން ވިސާމް މަރަން ހުކުމް ކުރީ އަރުހަމްގެ ވާރިސުންގެ ގޮތުގައި ތިބި އެންމެން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%