ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 23:08
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓް އިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 21:00 އިން ފެށިގެން ދަންވަރު 2:00 އަށް، ށ އަތޮޅުން ފެށިގެން ބ އަތޮޅަށް އަދި ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 21:00 އިން ފެށިގެން ދަންވަރު 2:00 އަށް، ށ އަތޮޅުން ފެށިގެން ބ އަތޮޅަށް އަދި ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

ށ އަތޮޅުން ފެށިގެން ބ އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރެ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބ އަތޮޅުން ފެށިގެން އައްޑީ ސިޓީއަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އިން ބުންޏެވެ.

މެޓް އިން ބުނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓް އިން ބުންޏެވެ.

މީގެ އިތުރުން އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 7 ފޫޓާއި 9 ފޫޓާއި ދެމެދުގައި ކަމަށް މެޓް އިން ބުންޏެވެ.

މެޓް އިން ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދައިގެން ފުރުމަށް އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%