ހުޅުމާލޭ ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 32 ދުވަސް ކުރިން - 12 އޭޕްރިލް 2025 07:12
މަގުމަތީގައި ފުލުހަކު ހަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާސާ
މަގުމަތީގައި ފުލުހަކު ހަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި މާރާމާރީ ހިނގާފައިވަނީ ނޭޕާލު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެއްގެ ދެމެދުގައިކަމަށް ފުލުހުން ބުނި.

ހުޅުމާލޭ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މާރާމާރީ ހިނގާފައިވަނީ ނޭޕާލު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެއްގެ ދެމެދުގައީ ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 10:08 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ނޫންކަމަށް ފުލުހުން ފާހަގަކުރިއެވެ. މި ހާދިސާއާ ގުޅިގެން ނޭޕާލް މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ގެންދާ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%