48 މީހުން ސަލާމަތްކުރުމުގައި ދިވެހި ފުލުހުން ވީ ޤުރުބާނީއެއް

ހުސައިން އިސްމާއިލް | 10 ދުވަސް ކުރިން - 12:27
ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި 48 މީހުން ސަލާމަތް ކުރުމުުގައި ފުލުހުން ޙަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް
ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި 48 މީހުން ސަލާމަތް ކުރުމުުގައި ފުލުހުން ޙަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް
ޚުލާސާ

ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދިވެހި ފުލުހުން ދެއްކެވީ ހިތްވަރާއި ކެރުމާއި ސާބިތުކަން.

އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ "ހުވަން" ލޯންޗު އަޑިއަށްދިޔަ ހާދިސާގައި އެ ލޯންޗުގައި ދަތުރުކުރި މީހުން ސަލާމަތްކުރުމުގައި ފުލުހުން ދެއްކީ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ނަމޫނާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ލޯންޗުގައި ދަތުރުކުރަމުންދިޔަ 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ.

ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދިވެހި ފުލުހުން ދެއްކެވީ ހިތްވަރާއި ކެރުމާއި ސާބިތުކަން ކަމަށެވެ. އަދި މިއީ ޤައުމީ ޚިދުމަތުގައި ނަފްސަށް ވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ. ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި އެ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%