ރައްޔިތުންނާއި ގާތުން ބައްދަލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދ. އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި، ރަށްތަކާއި، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މިއަދު މެންދުރު ދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ވަޑައިގަންނަވަނީ ސީދާ ކިތައް ރަށަކަށް ކަމަށާއި އެކަމުގެ ތަފްޞީލް އަދި ލިބިފައެއް ނުވެއެވެ.
އެހެންނަމަވެސް، މި ދަތުރުފުޅުގައި އެ އަތޮޅުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ކޮމިޓީތަކާއި ބައްދަލުކުރެއްވުމުގެ އިތުރުން ތަރައްޤީގެ ބައެއް ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަވާނެ ކަމަށް އެނގިފައި ވެއެވެ. އޭގެތެރޭގައި ބޭންކުގެ އޭޓީއެމް މެޝިން ބެހެއްޓުމުގެ އެއްބަސްވުން ތަކުގައި ސޮއި ކުރުން ވެސް ހިމެނެއެވެ.