ހަމާސް އިންޒާރު ތަކުރާރުކޮށްފި: ރަހީނުން ދޫނުކުރާނެ!

ޖަވާދު | 29 ދުވަސް ކުރިން - 10:41
ހަމާސްއިން އަސީރުން ތަކެއް ދޫކޮށްލަނީ: ހޮނިހިރު ދުވަހު 3 އަސީރުން ދޫކޮށްލާނީ އިސްރާއީލުން އެއްބސްވުމާއި ޚިލާފު ނުވާނެކަމުގެ ޔަޤީންކަން ދިނުމުން ކަމަށް ހަމާސް އިން ބުނެފި.
ހަމާސްއިން އަސީރުން ތަކެއް ދޫކޮށްލަނީ: ހޮނިހިރު ދުވަހު 3 އަސީރުން ދޫކޮށްލާނީ އިސްރާއީލުން އެއްބސްވުމާއި ޚިލާފު ނުވާނެކަމުގެ ޔަޤީންކަން ދިނުމުން ކަމަށް ހަމާސް އިން ބުނެފި.
ޚުލާސާ

އަންނަ ހޮނިހިރު ދުވަހު ތިން އަސީރުން މިނިވަން ކުރާނެ. ނަމަވެސް އެކަން ކުރެވޭނީ އިސްރާއީލުން ވެސް ކަންތައްތަކެއްގެ ޔަގީންކަން ދިނުމުން.

އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާނަމަ، އަންނަ ހޮނިހިރު ދުވަހު އިސްރާއީލުގެ ރަހީނުން ދޫކޮށްނުލާނެ ކަމަށް ދެވަނަ ފަހަރަށް ތަކުރާރުކޮށް ހަމާސް އިން އިޢުލާން ކޮށްފިއެވެ. ހަމާސްގެ ލީޑަރު ސާމީ އަބޫ ޒުހުރީ ވިދާޅުވީ މިއީ އިސްރާއީލުން ދެމުންދާ އިންޒާރުތަކަށް ހަމާސްގެ ހަރުކަށި ޖަވާބެކެވެ.

އިސްރާއީލުގެ އިސްވެރިން ވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުގެ ކުރިން ޣައްޒާގައި ތިބި އަސީރުން މިނިވަން ނުކޮށްފިނަމަ، ގަތުލުއާންމު އަލުން ފަށާނެ ކަމަށް އިންޒާރު ދީފައެވެ. ނަމަވެސް މި އިންޒާރުތަކާއި އެކުގައި ވެސް މިސްރުގައި މަޝްވަރާތަކެއް ދަނީ ކުރިއަށެވެ.

ހަމާސްގެ އޮފިޝަލެއް ކަމަށްވާ މަހްމޫދު މަރްދާވީ ވިދާޅުވެފައި ވަނީ މަޝްވަރާތަކުގައި "ފައްސި ސިގްނަލް"ތަކެއް ލިބިފައިވާ ކަމަށާއި، އަންނަ ހޮނިހިރު ދުވަހު ތިން އަސީރުން މިނިވަން ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އިސްރާއީލުން ވެސް ކަންތައްތަކެއްގެ ޔަގީންކަން ދިނުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްރާއި ގަތަރުން މަސައްކަތް ކުރަމުންދަނީ ގަތުލުއާންމު އަލުން ފެށުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ބައިލައްކަ އަށްވުރެ މީހުން ޝަހީދުވެ، 111،665 މީހުން ޒަޚަމްވެފައި ވެއެވެ.

ސާމީ އަބޫ ޒުހުރީ ވިދާޅުވީ އެއްބަސްވުން އޮތް ގޮތަށް ތަންފީޒު ކުރަން ވައުދުވާ ކަމަށާއި އެހެންނަމަ ވެސް އިޒްރޭލުން އެއްބަސްވުމަށް ތަބާ ނުވާނަމަ ހަމާސްއިން އަންނަ ހޮނިހިރު ދުވަހު އިޒްރޭލުގެ ގައިދީން ދޫކޮށްނުލާނެ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހޮނިހިރުގެ މެންދުރާއި ހަމަޔަށް ހުރިހާ އަސީރުން ދޫކޮށްނުލައިފިނަމަ ހަމާސް އާއި ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ނަމަވެސް، އިސްރާއީލުން ކިތަންމެ ބިރެއް ދެއްކިޔަސް، އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރާނަމަ ހަމާސްއިން ވެސް ރަހީނުން ދޫކޮށްނުލާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%