އެސްޓޯނިއާގެ ރައީސް ބެހެއްޓެވި ގާތް ކަމަށް ރައީސް މުޢިއްޒުގެ ޝުކުރު

އަހްމަދު އީޒާން | 57 ދުވަސް ކުރިން - 14:14
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެސްޓޯނިއާގެ ރައީސް ކައިސް އާއި އެ ޤައުމުގެ ސަރުކާރުން ދެއްވި ދައުވަތަށް ޝަކުރު އަދާކުރައްވާ ކަމަށް.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް ބެހެއްޓެވި ގާތްކަމާއި ވިދާޅުވި މަރުޙަބާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓޯނިއާގެ ރައީސް ކައިސް އާއި އެ ޤައުމުގެ ސަރުކާރުން ދެއްވި ދައުވަތަށް ޝަކުރު އަދާކުރައްވާ ކަމަށާއި އެސްޓޯނިއާ އަށް ވަޑައިގަތުމުން އަދާކުރި މެހެމާންދާރީ އާއި ވިދާޅުވި މަރުޙަބާ ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

މި ވަގުތު އެސްޓޯނިއާގައި ހުންނެވުމަކީ ހަޤީޤަތުގައި ވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ވަރަށް އުފެއްދުންތެރި މަޝްވަރާ ބައްދަލުވުންތަކެއް އިއްޔެ ބޭއްވުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ގަވަނަންސް އާއި ސައިބަރ ރެސިލިއަންސް އާއި މޫސުމަށް އަންނަ ބަދަލުތައް އަދި ތަޢުލީމީ ދާއިރާގައި ދެ ޤައުމުން ޙިއްސާކުރާ ތަޞައްވުރާއި އިސްކަންދޭ ކަންތައްތަކުން، ކުރިއަށް އޮތް އަހަރުތަކުގައި އެކުގައި ކުރިއަށް ދިއުމަށް މަގު ދައްކައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެސްޓޯނިއާގެ ރައީސް ވިދާޅުވެފައިވާ ފަދައިން ރާއްޖެ އާއި އެސްޓޯނިއާ ކަހަލަ ކުދި ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ، ހަމައެކަނި މި ޤައުމުތަކުގެ ސަލާމަތާއި މިނިވަން ކަމަށް އެކަނި އޮންނަ ގުޅުމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ސުލްޙަ އާއި ދެމެހެއްޓެނިވި ތަރައްޤީއަށް ވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށް ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%