އެގްރިކަލްޗަރ މިނިސްޓްރީ ހިންގެވުމަށް ވަގުތީގޮތުން މިނިސްޓަރ މާރިޔާ އާއި ޙަވާލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 102 ދުވަސް ކުރިން - 22:15
މިނިސްޓަރ މާރިޔާ.
މިނިސްޓަރ މާރިޔާ.
ޚުލާސާ

އެގްރިކަލްޗަރ މިނިސްޓަރ ރަމީލާ، ޞިއްޙީ ޙާލަތު ހުރިގޮތުން މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާތީ، އައު މިނިސްޓަރެއް ޢައްޔަނުކުރެވެންދެން މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން މިނިސްޓަރ މާރިޔާއާއި ޙަވާލު ކުރެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވޭ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އާއި ޙަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢާއިޝަތު ރަމީލާ، ޞިއްޙީ ޙާލަތު ހުރިގޮތުން މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާތީ، އައު މިނިސްޓަރެއް ޢައްޔަނުކުރެވެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ޑޮކްޓަރ މަރްޔަމް މާރިޔާ އާއި ޙަވާލު ކުރައްވާފައެވެ..

ޑރ. މަރްޔަމް މާރިޔާ އަކީ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ މިނިސްޓަރެވެ.. އެހެންކަމުން، މިހާރު އެކަމަނާ ދެ މިނިސްޓްރީގެ މަސައްކަތްތައް އެއްފަހަރާ ބަލަހައްޓަވަމުން ގެންދަވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%