Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އުމުރުން 65 އަހަރު ފުރުމަށްފަހުވެސް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތް ހަމަޖައްސައިފި

އައިޝަތު އިމްސާ
އައިޝަތު އިމްސާ
1 ދުވަސް ކުރިން - 5 ނޮވެންބަރު 2026 10:57
ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ތައްޔާރުވެގެން---
ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ތައްޔާރުވެގެން---
ޚުލާސާ

މި ފުރުސަތު ލިބެނީ މީގެ ކުރިން ހައްޖު ނުވާ، އަދި އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުރި މެންބަރުންނަށް. އަދި ހައްޖު ކޯޕަރޭޝަނަށް އަގުގެ 20 އިންސައްތަ ދެއްކުމުން ބާކީބައި ޕެންޝަން އެކައުންޓުން ހަމަޖައްސައިދެވޭނެ. މި ފައިސާ ނެގުމުން މަހުން މަހަށް ލިބޭ ޕެންޝަނަށް ބަދަލު އައުން އެކަށީގެންވޭ.

އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށްވެސް، ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖު ވެވޭގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލި ގަވާއިދު ގެޒެޓުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.

މި އިސްލާހު ގެނައުމުގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހައްޖު ޖާގަ ކަށަވަރުވާ އިރު 65 އަހަރު ފުރޭ މީހުންނަށް، ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގައި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް މި އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. އެހެންކަމުން، މީގެ ކުރިން އުމުރުގެ ސަބަބުން ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށްވެސް މިހާރު މި ލުއި ލިބިގެންދާނެއެވެ.

ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި، މި އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރެވޭނީ، މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުރި މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، ޝަރުތުހަމަވާނީ އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.

Advertisement

Advertisement 1

މި އުސޫލުން ހައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ހަމަޖެހިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ފައިސާ ވަގުތުން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ހައްޖު ކޯޕަރޭޝަނާ ފައިސާ ހަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މީގެއިތުރުން، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާރު ޕެންޝަން ލިބެމުންދާ މީހުންނަށާއި އަލަށް ރިޓަޔާކުރާ މީހުންނަށް ދޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާއެއް ނުހިމެނޭނެއެވެ. އެހެންކަމުން، މި ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ބާތިލުވެ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންޕެންޝަން އޮފީސްހައްޖުގެ އަޅުކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓްނަރަކަށް ޔޫއެންޑީޕީ މޯލްޑިވްސް ހަމަޖައްސައިފި

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓްނަރަކަށް ޔޫއެންޑީޕީ މޯލްޑިވްސް ހަމަޖައްސައިފި

9 ދުވަސް ކުރިން - 15:28

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ދުވަސް ކުރިން - 13:23

އިންޒެކް 2026 ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖައްސައިފިނ

އިންޒެކް 2026 ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖައްސައިފިނ

17 ދުވަސް ކުރިން - 15:18

5 އަހަރު ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރަނީ

5 އަހަރު ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރަނީ

19 ދުވަސް ކުރިން - 10:50

ކިއުގައި 3 އަހަރުވީ 70 އަހަރުން މަތީގެ މީހުންނަށް ހައްޖުވުމަށް ފުރުސަތުދެނީ

ކިއުގައި 3 އަހަރުވީ 70 އަހަރުން މަތީގެ މީހުންނަށް ހައްޖުވުމަށް ފުރުސަތުދެނީ

25 ދުވަސް ކުރިން - 14:51

މޯލްޑިވްސް ފައިނޭންސް ފޯރަމް ފޭދޫގައި

މޯލްޑިވްސް ފައިނޭންސް ފޯރަމް ފޭދޫގައި

26 ދުވަސް ކުރިން - 16:12